ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2020/7
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 04 ފެބުރުވަރީ 2021 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

         

މަޤާމު:           ބަނދަރުބަލަހައްޓާ ކޮންޓްރެކްޓް މަސައްކަތު 

ބޭނުންވާ ޢަދަދު:      3   

މުސާރަ:           މަހަކު -/5000 ރުފިޔާ

              މީގެ އިތުރުން އިތުރުގަޑީ މަސައްކަތް ކުރާނަމަ ކައުންސިލުން ހަމަޖައްސާ އުޞޫލަކުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

މުއްދަތު:           1 އަހަރުދުވަސް

ފެންވަރު ނުވަތަ ޝަރުޠު: (ހ) ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 8 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

                (ށ) އަސާސީ ފެންވަރަށް ލިއަންކިޔަން އެގުން

                (ނ) މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވެ އުޅެވޭނެ މީހެއްކަމުގައިވުން

ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް:

1-    ކައުންސިލުން ކަނޑައަޅާ ޑިއުޓީ އާއި އަންގަވާގޮތެއްގެމަތީން ރަށުގެ ހުރިހާ ބަނދަރެއް ބެލެހެއްޓުން.

2-    ފައްތިޔާ ދޫކުރެވިފައިވާ ފަރާތްތަކުން ޤަވާއިދާ އެއްގޮތަށް ފައްތިޔާ ބޭނުންކުރަމުންދޭތޯބަލާ، މޮނިޓަރކޮށް، ލޮގްފުރުން

3-    މުދާ އަރުވާ ބާލާ ފަރާތްތަކުން ޤަވާޢިދާ އެއްގޮތަށް މުދާ އަރުވާ ބާލާތޯބަލާ، ކައުންސިލަށް ރިޕޯޓްކުރުން.

4-    ޓީ ޖެޓީ ސަރަޙައްދަށް ކައިރިކުރާ އުޅަނދުތަކުގެ ލޮގް ބެލެހެއްޓުމާއި މުދާ އަރުވާ ބާލާގޮތް މޮނިޓަރކޮށް ރިޕޯޓްކުރުން.

5-    ވިލު ބަނދަރު ފައްތިޔާތަކުގެ ބޭނުން ކުރާ ފަރާތްތަކަކީ ކޮބައިތޯ ކަށަވަރުކުރުމާއި އެފައްތިޔާތައް ބެލެހެއްޓުން.

6-    ޤަވާޢިދުން ކުލިނެގޭ ބަނދަރުތަކުގެ ބޭނުންކުރާ ފަރާތްތަކަށް ދޭންޖެހޭ ސްލިޕްތައް ދިނުން.

7-    މިނޫނަސް ބަނދަރާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކައުންސިލުން އަންގާ އެންގުންތަކާއި އެއްގޮތަށް ބަނދަރުގެ އިންތިޒާމްތައް ބެލެހެއްޓުން.

           ވީމާ، މިކޮންޓްރެކްޓް ވަޒީފާތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯކޮޕީއާއިއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

           މިވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކުން އެންމެފަހުން ވަޒީފާ އަދާކުރި ތަނުންދޭ އޭނާގެ ޙާޟިރީ އާއި ރެކޯޑް ހުށަހަޅަންވާނެ އެވެ. މަސައްކަތު ކޮންޓެކްޓް ވަޒީފާ ދިނުމުގައި މިދެންނެވި ލިއުން ރަގަޅު ފަރާތަކަށް އިސްކަން ދެވޭނެވާހަކަ ދެންނެވީމެވެ.  

28 ޖަނަވަރީ 2021