ކުއްޔަށް ހިފުން
ނަންބަރު: GS121/IUL/2021/02
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 08 ފެބުރުވަރީ 2021 13:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާ ބެހޭ

`

ރަސްގެތީމް ސްކޫލް

ރ.ރަސްގެތީމް                                           ނަމްބަރު: GS121/IUL/2021/02

                                              ތާރީޚު: 28 ޖަނަވަރީ 2021

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާ ބެހޭ

 މި ސްކޫލަށް ގެއެއް ކުޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ  GS121/IUL/2021/01  އިޢުލާނާއިގުޅިގެން ހުށަހެޅިއަގަކީ އެކަށީގެންނުވާ އަގަކަށްވާތީ، އެ އިޢުލާން ބާޠިލުކޮށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

މި ސްކޫލަށް 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މިތަނަކީ 2 ކޮޓަރި (ފާޚާނާއާއިއެކު)، ސިޓިންގރޫމް، ބަދިގެ (ވަކިން ކައްކާ ކެވޭގޮތަށް) އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަން ޖެހޭނެއެވެ. އަދި ގޭގެ ވަށާފާރު 5 ފޫޓަށްވުރެ އުސްކޮށް ރާނާފައި ހުންނަން ޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

2021 ފެބުރުވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

މަޢުލޫމާތު ދިނުން

2021 ފެބުރުވަރީ 08 ވާ ހޯމަ ދުވަހުގެ 13:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ.

ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        

28  ޖަނަވަރީ 2021

 

                                                                 

28 ޖަނަވަރީ 2021