ދިވެހިރާއްޖެ
އިއުލާން
ކުޑަހުވަދޫ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މުވައްޒަފަކު ވަކިވުމުން ނުވަތަ ޕޭލީވް/ނޯޕޭލީވް ނެގުމުން ނުވަތަ، އަހަރީ ޗުއްޓީ އާއި އާއިލީޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް 1 އަހަރަށް ނެގުމަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
- މަޤާމް: އިމާމު (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން.)
ރޭންކް: ޖީ.އެސް 3
އުޖޫރަ: މަސައްކަތް ކުރާ ގަޑިއަކަށް 61.00 ރުފިޔާ (ސަނަދު އޮންނަ މީހަކަށް)
2. މަޤާމް: މުދިމް (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން.) ރޭންކް: ޖީއެސް 1
އުޖޫރަ: މަސައްކަތް ކުރާ ގަޑިއަކަށް 53.00 ރުފިޔާ (ސަނަދުނެތް މީހަކަށް)
3. މަޤާމް: މަސައްކަތު (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން.)
ރޭންކް: އެސް.އެސް 1
އުޖޫރަ: މަސައްކަތް ކުރާ ގަޑިއަކަށް 45.00 ރުފިޔާ
ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކާއެކު 09 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
ނޯޓު: ސިޓީގައި ޝައުގުވެރިވާ މަޤާމާއި ގުޅޭނެ ފޯން ނަންބަރު ޖެއްސެވުން އެދެމެވެ.