މަސައްކަތް
ނަންބަރު: 216-MPAO-CA/IUL/2021/2
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 11 ފެބުރުވަރީ 2021 11:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕްރިންޓްކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

މިއޮފީހަށް ބޭނުންވާ ބެނާރސް، ބުރޯޝާރސް އަދި އެހެނިހެން ތަކެތި އެއް އަހަރު ދުވަހުގެ މުއްދަތަށް ޕްރިންޓްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 03 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 11 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

27 ޖަނަވަރީ 2021