ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)226-B/PRIV/2021/06
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 07 ފެބުރުވަރީ 2021 14:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު (ކޮންޓްރެކްޓް)

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

---

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

(ވަގުތީ) ކޮންޓްރެކްޓް

މަޤާމުގެ ރޭންކު:

ސަޕޯރޓް ސަރވިސް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މަސައްކަތު ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހދ.އަތޮޅު ކައުންސިލްގެ އިދާރާ / ސްޓޭޓް ހައުސް

މުސާރަ:

މަހަކު -/3000 ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

އޮފީހަށް ނިކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

ރަމަޟާން މަހުގެ އިނާޔާތް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކެއްކުމާއި ތަށިމަތި ތައްޔާރުކުރުމާއި ތެލި ތަށި ދޮވުންފަދަ މެހެމާނުން ކެއިންބުއިމަށްޓަކައި ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  2. ސްޓޭޓް ހައުސްގައި ތިއްބަވާ މެހްމާނުންނާއި ސްޓޭޓް ހައުސްގެ ރެސްޓޯރެންޓުން
  3. ސްޓޭޓް ހައުސްގައި ކެއްކުމަށާއި މެހެމާނުންގެ ކެއިންބުއިމުގެ ކަންތައްތަކަށް ބޭނުންވާ އެންމެހާ ތަކެތި ނޯޓްކޮށް އެތަކެތި ހޯދައިދިމުމަށް ސްޕަވައިޒަރުގެ ކިބައިން އެދުމާއި ހޯދަންޖެހޭ ތަކެތި ހޯދުމާއި ގަންނަންޖެހޭ ތަކެތި ގަތުމުގައި އެހީތެރިވެދިނުން.
  4. ސްޓޭޓް ހައުސްގައި ތިއްބަވާ މެހެމާނުންނާއި ސްޓޭޓް ހައުސްގެ ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ކެއްކުމާއި ތަށިމަތި އެތުރުން.
  5. މެހްމާނުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކާގޭގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  6. ސްޓޭޓް ހައުސްގައި ކައްކަންޖެހޭ ތަކެތި ކެއްކުމުގެ އިތުރުން ސުފުރާމަތި ބެލެހެއްޓުމުގެ ކަންތައް ކުރަންޖެހޭ ހާލަތްތައްކުގައި މަސައްކަތު މީހުންނާ ގުޅިގެން އެކަންތައްވެސް ކުރުން.
  7. ސްޓޭޓް ހައުސްގެ ކޮޓަރި ތަކާއި ސިޓިން ރޫމާއި ކޮރިޑޯތަކާއި ބަދިގެއާއި ކާގެއާއި ފާޚާނާތަކާއި އެނޫންވެސްތަންތަން ކުނިކަހައި ފޮޅައި ފުހެ ސާފުކުރުމާއި، ދޮވެ ސާފުކޮށް ބެލެހެއްޓުން.
  8. ސްޓޭޓް ހައުސްގެ ކޮޓަރިތަކުގެ ތަންމަތިއެޅުމާއި ބެޑްޝީޓާއި ބާލީހު އުރަފަދަ ދޮންނަންޖެހޭ ތަކެތި ދޮވުމާއި އިސްތިރިކުރަންޖެހޭ ތަކެތި އިސްތިރިކުރުމާއި ސްޓޭޓް ހައުސްގައި ތިއްބަވާ މެހްމާނުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން އަމަލުކުރުން.
  9. ސްޓޭޓް ހައުސްގެ ގޯތިތެރެއާއި ވަށައިގެންވާ ބޭރުގެ ސަރަހައްދު ކުނިކަހައި ސާފުކުރުން
  10. ސްޓޭޓް ހައުސްގައި ކުރާ އެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  11. ސްޓޭޓް ހައުސްގައި ތިއްބަވާ މެހެމާނުންނާއި ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ކެއިން ބުއިމުގެ ކަންތައްތައް ހަމަޖެއްސުމުގައާއި ސުފުރާމަތި ބެލެހެއްޓުމުގައި ކައްކާއަށް އެހީތެރިވުން.
  12. ސްޓޭޓް ހައުސް އަށް ގަންނަންޖެހޭ ކާބޯތަކެތި ގަތުމާއި އެނޫންވެސް ތަކެތި ގަތުމާއި އެނޫންވެސް ތަކެތި ގަތުމުގައި އެހީތެރިވެދިނުން.
  13. ސްޓޭޓް ހައުސްގައި ތިއްބަވާ މެހެމާނުންނާއި ސްޓޭޓް ހައުސްގެ ރެސްޓޯރެންޓްގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަން ބޭނުންވާ ޑްރިންކްސްއާއި ކޮފީފަދަ ތަކެތި ތައްޔާރުކޮށް ސާވް ކޮށްދިނުން.
  14. މިނޫނަސް އަތޮޅުގެ ސްޓޭޓް ހައުސްގެ ގޮތުން ހިންގާއިރު ކުރަންޖެހޭ އެންމެހާ ކަންތައްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  15. ސްޓޭޓް ހައުސްގެ ބަގީޗާ ބެލެހެއްޓުމާއި، ބަގީޗާ އާއި ތަންޒީނަތްތެރިކުރާ ގަސްފަދަ ތަކެތި ހެއްދުން.
  16. މަގާމުގެ ޙައިސަސިއްޔަތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ވެބްސައިޓު www.haadhaal.gov.mv އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ފެބްރުއަރީ 2021 ގެ 14:00 ގެ ކުރިން، (ހދ.އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،15   ފެބްރުއަރީ 2021 ގައި ހދ.އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6528801 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

27 ޖަނަވަރީ 2021