މަސައްކަތް
ނަންބަރު: 248-ED/248/2021/5
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 03 ފެބުރުވަރީ 2021 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަސްޖިދުއް ނަޞްރު މިސްކިތުގައި ހުރި މަރާމާތު ކުރުން

     މިރަށު  މަސްޖިދުއް ނަޞްރު މިސްކިތުގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ED/248/2020/134 (29 ޑިސެންބަރު 2020) ގެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ބިޑަކީ އެކަށީގެންވާ ބިޑަކަށް ނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

     ވީމާ، މިރަށު ނަޞްރު މިސްކިތުގައިހުރި މަރާމާތުގެ މަސައްކަތްތައް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 03 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ 

     މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ނަޞްރު މިސްކިތް މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ސިޓީއުރައިގެ ބޭރުގައި ލިޔުއްވައިފައެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޖަނަވަރީ 2021