ދިވެހިރާއްޖެ
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ މާމެންދޫ ދިވެހިރާއްޖެ
|
Secretariat of the Maamendhoo Council Laamu Maamendhoo Republic of Maldives
|
c
ނަންބަރު: IUL)403-A/403/2021/23)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ލ.މާމެންދޫ ބަނދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިންދޫކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުން 1 ބިން ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ، 4 ފެބުރުވަރީ2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާގުޅޭ ބީލަންފޮތް، 4 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާއެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުގެ ފުރުޞަތު ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
13 ޖުމާދަލްއާޚިރާ 1442ހ.
26 ޖަނަވަރީ 2021މ.
ޙުސައިން ޙަބީބު ޢަލީ
ކައުންސިލްގެ ރައީސް