ޢާންމު މަޢުލޫމާތު
ނަންބަރު: IUL/358/358/2021/3
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:01
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
IULAAN

 

އިޢްލާން

 

ވ.ތިނަދޫ (މިރަށުން) ގޯތިލިބޭފަރާތްތައް ޢާންމުކުރުމުގެ ނަމުގައި ޝަކުވާ ހުށައެޅުމަށް މި އިދާރާގެ އިއުލާން ނަންބަރު IUL/358/358/2021/2 ގައި ކުރެވުނު އިއުލާނާ ގުޅޭ.

          މިއިދާރާގެ ނަންބަރު: IUL/358/358/2019/4  ( 12 ސެޕްޓެމްބަރ 2019 )  ކުރެވުނު އިޢުލާނާއި ގުޅިގެން ގޯތިހޯދުމަށް ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކާ ގޯތި ލިބޭމީހުންގެ ވަގުތީ ލިސްޓެއް ފޮއިންޓް ދީފައި ވާ ގޮތުގެ ތަފްސީލާއިއެކު މިކައުންސިލްގެ ނޯޓިސްބޯޑުގައި  އިއުލާނުކޮށް ޝަކުވާ ހުށައެޅުމަށް 14 ޖަނަވަރީ 2021 ގައި  މިކައުންސިލްގެ އިއުލާން ނަންބަރު IUL/358/358/2021/2 ގައި ކުރެވުނު އިއުލާނާ ގުޅިގެން ޝަކުވާ ހުށައެޅުމަށް މިމަހުގެ 25 ވަނަ ދުވަހާއި ހަމަޔަށް ފުރުސަތު ހުޅުވާލެވުނެވެ. ޝަކުވާ ހުށައެޅުމަށް  ފުރުސަތު ހުޅުވާލުމުން މިކައުންސިލަށް ލިޔުމުން 5 ޝަކުވާއެއް ވަނީ ހުށައެޅިފައެވެ. އެހެން ކަމުން ޝަކުވާތަށް ދިރާސާކޮއް ޝަކުވާ ހުށައެޅުމަށް ޢާންމުކުރި ލިސްޓަށް އިޞްލާޙެއް ގެންނަން ޖެހޭތޯބަލައި އިޞްލާޙުގެނެސް އަލުން ޝަކުވާ ހުށައެޅުމަށް ފުރުސަތުދީ ކައިރި މުސްތަގުބަލެއްގައި ޝަކުވާ ހުށައެޅުމުގެ ފުރުސަތު އަލުންހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި މިކައުންސިލުން ދެކެމެވެ.

        ވީމާ މިކައުންސިލަށް ހުށައެޅިފައިވާ ޝަކުވާތަށް ދިރާސާކޮށް، އިސްލާހު ކުރަން ޖެހޭކަމެއް އޮތް ނަމަ އިސްލާކޮށް އަލުން ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލެވޭނެ ވާހަކަ ހުރިހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި   ދަންނަވަމެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި  އިޢްލާން ކުރީމެވެ.

                 13 ޖުމާދަލް އާޚިރު   1442 ހ

                 26 ޖަނަވަރީ    2021 މ

26 ޖަނަވަރީ 2021