މަސައްކަތް
ނަންބަރު: (IUL)322-M/322/2021/8
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި:
03 ފެބުރުވަރީ 2021 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިރަށު މަސްޖިދު މޫސާޢަލީގައި ކުލައާއި ދަވާދު އަދި ވަރުނީސްލާން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ ނުވަތަ އިތުރު މަޢުލޫމާތު 31 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ. ނުވަތ 31 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 ފެބްރުވަރީ 2021 ވާ ބުދަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާބެހޭ މަޢުލޫމާތު އަދި އަނަދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ
ފޯން: 6600007
އީމެއިލް: [email protected]
26 ޖަނަވަރީ 2021