މަސައްކަތް
ނަންބަރު: K5C-A/2021/01
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 07 ފެބުރުވަރީ 2021 10:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

        މ. މުލި،

        ދިވެހިރާއްޖެ.

                                                     ނަންބަރު: K5C-A/2021/01

އިޢުލާން

މުލަކަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 7 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 10:00  އަށް މިކޯޓަށް ނުވަތަ މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 11 ފެބްރުއަރީ 2021
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓު.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

26 ޖަނަވަރީ 2021

26 ޖަނަވަރީ 2021