ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2021-0051
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 31 ޖަނަވަރީ 2021 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ، ޕްރޮޖެކްޓް ސައިޓްތަކުގައި

ޝަރުޠު:                 

  • ސިވިލް އިންޖިނިއަރިންގ ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް 07 ނުވަތަ 05 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކުމި ދާއިރާގައި 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މި ދާއިރާގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖްއާއި އޮޓޯކޭޑްއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސްފަދަ  މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާ އަށް ފަރިތަވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމައުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.    
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް އެހީތެރިވެދިނުމާއި އަދި މިމަސައްކަތް ހިގަމުންދާގޮތް ބެލުމާއި ކޯރޑިނޭޓްކުރުން އަދި  އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުންނާއި ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 01 ފެބްރުއަރީ 2021 ން 05 ފެބްރުއަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 31  ޖަނަވަރީ 2021 ވަނަ ދުވަހުގެ 00:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001149/ 3001127 / 3001120   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                            

 

26 ޖަނަވަރީ 2021

26 ޖަނަވަރީ 2021