ދިވެހިރާއްޖެ
މަޤާމް :ސަޕޯރޓް ސަރވިސް އެސިސްޓެންޓް (ލޯންޗް ފަޅުވެރި) | |
---|---|
ބޭނުންވާ އަދަދު :1 | |
މުސާރަ: - އަސާސީ މުސާރަ: -/3،100 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1،700 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/1،085 ރުފިޔާ - އިތުރުގަޑީގެ މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވެގެން މަހަކު (އަސާސީ މުސާރައިގެ %60): -/1،860 ރުފިޔާ - ކެއުމާއި ބަލިވުމުން ބޭސްފަރުވާ ކުރުން މަޤާމުގެ ޝަރުޠު: - އަސާސީ ތަޢުލީމް ފުރިހަމަ ކޮށްފައިވުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންވާ ހުނަރެއް ލިބިފައިވާ ފަރާތެއްކަމުގައިވުން، - މީލާދީގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން، - އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން، - ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ ފަރާތެއްކަމުގައި ނުވުން. މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: - މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް، - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: ގއ.އަތޮޅު ޕޮލިސް (ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަން) އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު، - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، - ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯ، ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި އަދި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2021 ފެބުރުވަރީ 11 ވަނަ ދުވަހުގެ 16:00 ގެ ކުރިން ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓު: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި އަދި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެެވެ. 12 ޖުމާދަލްއާޚިރާ 1442 |