މަސައްކަތް
ނަންބަރު: (IUL)94-Q/94/2021/04
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 01 ފެބުރުވަރީ 2021 14:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ފުވައްމުލައް އޮފީސް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކުރުމާއި ޖެނެރަލް މެއިންޓަނަންސްގެ މަސައްކަތް ކުރުމާއި އަދި ދިވެހި ދަޢުލަތުގެ ދިދަ އޮފީހުގައި ނެގުމާއި ބޭލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް.

 

   ޕްރޮޖެކްޓް ނަންބަރު:  PC-942021W-05

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ     

  1. މޯލްޑިވްސް އިމިގްރޭޝަން ފުވައްމުލައް އޮފީސް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކުރުމާއި ޖެނެރަލް މެއިންޓަނަންސްގެ މަސައްކަތް ކުރުމާއި އަދި ދިވެހި ދަޢުލަތުގެ ދިދަ އޮފީހުގައި ނެގުމާއި ބޭލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 25 ޖެނުއަރީ 2021 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 01 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
  4. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ 01 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  5. ބީލަން ހުށައެޅުން އޮންނާނީ 08 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330436, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

25 ޖަނަވަރީ 2021