މަސައްކަތް
ނަންބަރު: GS-85/IUL/2021/01
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 28 ޖަނަވަރީ 2021 10:00
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއްް ހޯދަން ބޭނުން ވެއްޖެ

                                                                                            އިޢުލާން

 

                             އިޢުލާން

 

 

 

އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ވިޔަފާރީގެ އުސޫލުން މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް އޮތް  ދެއަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސްކޫލްގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސްކޫލްގެ އޮފީހަށް ދުރުވެ ދެއްވުން އެދެމެވެ.

 

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލްކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށައަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ގާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލްކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި އެކު ބޭފުޅަކު ފޮނުވުމަށް ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500536  ނަމްބަރ ފޯނާއެވެ. އީމެއިލް ކުރާނީ  [email protected]  އަށެވެ.

 

 

މައުލޫމާތު ދިނުމުގެ ސެޝަނަށް ބައިވެރިވުމަށް ނަންނޯޓް ކުރުން

 

މައުލޫމާތު ދިނުމުގެ ސެޝަން

 

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

 

28 ޖެނުއަރީ 2021 ވަނަދުވަހުގެ 10:00 ގެ ކުރިން

 

01 ފެބުރުއަރީ  2021 ވަނަދުވަހުގެ 11:00 ގައި

 

08 ފެބުރުއަރީ 2021 ވަނަދުވަހުގެ 11:00 ގައި

 

 

 

                      12 ޖުމާދަލްއާޚިރު 1442                         

 

                      25  ޖެނުއަރީ   2021

 

25 ޖަނަވަރީ 2021