ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2021/5
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 07 ފެބުރުވަރީ 2021 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ތ.ގުރައިދޫ މަގު ބައްތިތައް ދިއްލުމާއި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

            ތ.ގުރައިދޫ މަގު ބައްތިތައް ދިއްލުމާއި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާން (IUL)386/386/2021/1 (06/01/2021) އަށް ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން  ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ވަޑައިގަންނަވާ ބޭފުޅުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

 

ތާރީޚް

ގަޑި

 މަޢުލޫމާތު ސާފުކުރައްވަންޖެހޭ

03/02/2021

10:00

 އަގު ހުށަހަޅުއްވަންޖެހޭ

07/02/2021

10:00

 

ވީމާ ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖަނަވަރީ 2021