ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)226-H/PRIV/2020/03
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 09 ފެބުރުވަރީ 2021 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
13 ފެންޕަންޕު އަދި 50 ފޫޓުގެ 13 ހޮޅި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހދ. އަތޮޅު ކައުންސިލަށް އަންނަނިވި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ޑީސަލް ފެން ޕަންޕް (3 އިންޗް)    ބޭނުންވާ ޢަދަދު: 13
  2. 50 ފޫޓްގެ ހޮޅި (3 އިންޗް)      ބޭނުންވާ ޢަދަދު: 13

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 24 ޖަނަވަރީ 2021 ން ފެށިގެން 31 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައި ގަންނަވާނެއެވެ.

3- މި އިޢުލާނާއި ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 01 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 09 ފެބްރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް

   އަމީނީމަގު، ކުޅުދުއްފުށި، ދިވެހިރާއްޖެ

   ފޯން: 6528801 ، 6521637 

25 ޖަނަވަރީ 2021