ދިވެހިރާއްޖެ
އިޢުލާން
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތު ދެވަނަ ފަންގިފިލާގައި ޤާއިމްކުރާ، ކޯ ޝެއާޑް ކިޗެން ރެނޮވޭޓް ކުރުމަށް ބޭނުންވާތީ މި ކޯޕަރޭޝަނުންދޭ ކުރެހުމާ އެއްގޮތަށް ރެނޮވޭޝަން މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.
މައުލޫމާތު ސާފުކުރުން |
މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ) |
ބުރާސްފަތި |
28 ޖަނަވަރީ 2021 |
14:00 |
އަންދާސީ ހިސާބު ހުށަހެޅުން |
މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ) |
ބުރާސްފަތި |
04 ފެބުރުއަރީ 2021 |
14:00 |
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
މ. ކަނީރު ވިލާ، ފުރަތަމަ ފަންގިފިލާ، އޯކިޑް މަގު، މާލެ
ފޯނު: 3305555 , 3010613
އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.