ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2021/15
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 18:56
ސުންގަޑި: 28 ޖަނަވަރީ 2021 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޕިއަރ ރިކަވަރީ މެންޓަރސް (ކޮންޓްރެކްޓް)

މަޤާމް :ޕިއަރ ރިކަވަރީ މެންޓަރސް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަގާމު

ޕިއަރ ރިކަވަރީ މެންޓަރސް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

06 (ހަޔެއް)

 

މުސާރަ

މަހަކު މަސައްކަތުގެ އުޖޫރައިގެ ގޮތުގައި -/4000 ރުފިޔާ އަދި ފީލްޑް އެލަވަންސްގެ ގޮތުގައި

-/1000ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރ / ކ. ގުޅީފަޅު

އާދައިގެމަތިން މަސައްކަތްކުރަންޖެހޭ ގަޑިތައް

 ހަފްތާގެ 6 ދުވަހު ކޮންމެ 24 ގަޑިއަކުން ޑިއުޓީ އުޞޫލުން ކަނޑައެޅޭ 7 ގަޑިއިރު

ވަޒީފާގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

 

  1. އޮންދަ ޖޮބް ޓްރެއިނީ 2އެއްގެ ގޮތުން މަސައްކަތް ކުރާ މަރުކަޒެއްގައި ޙަވަލުކުރެވޭ މަސައްކަތް ކުރުން.
  2. ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  3. ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ޙަވާލުވެފައިވާ ފަރާތްތަކުން އަންގާ ކަންތައްތައް އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
  4. ތަން ހިންގުމަށާއި މުވައްޒަފުން އަމަލުކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ވަޒީފާގެ މުއްދަތު

1. ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަސް، ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން 3 މަސް ދުވަސްކަން، ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން މަސައްކަތަށް ރަނގަޅުނަމަ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ބާކީ އޮތް 9 މަސްދުވަހަށް ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނެއެވެ.

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް

  1. އެން.ޑީ.އޭ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
  2. މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުން.
  3. ގަޑިއަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ޙާޟިރުވުން.
  4. އެން.ޑީ.އޭ އިން ކުޑަކަމުދާ ތަކެތި ތަހުލީލް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުޞަތު ދޭންވާނެއެވެ.
  5. ވަޒީފާ ދެވޭ ފަރާތާއި އެން.ޑީ.އޭ އާއި ދެމެދު ހެދޭ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތުން
  6. ވަޒީފާގެ ސިއްރު ހިފެހެއްޓުން
  7. ހަވާލުކުރެވޭ މަސައްކަތް ލަޔާގަތާއި ޤާބިލްކަން ހުރިމިންވަރަކުން ދުވަހުން ދުވަހަށް ނިންމަވަންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

1. ގްރޭޑް 7 ނިންމާފައިވުން ނުވަތަ މިދާއިރާއިން ލެވެލް 03 ގެ ސެޓްފިކެޓެއް އޮތުން ނުވަތަ މިދާއިރާއާއި ގުޅޭ ތަމްރީންނެއް (48 ގަޑިއިރުގެ) ފުރިހަމަކޮށްފައި ވުން ނުވަތަ އޮންދަރ ޖޮބް ޓްރެއިނީ ގްރޭޑް1 މަޤާމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ޕާރފޯމަންސްއިން %85 އިންސައްތަ މަތިން މާރކްސް ލިބިފައިވުން.

2. އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

3. އެން.ޑީ.އޭގެ 01 ކައުންސިލަރެއްގެ ރިކަމެންޑޭޝަން ނުވަތަ ފަރުވާ ފުރިހަމަ ކުރި މަރުކަޒުން ކްލައިންޓު ފަރުވާ ފުރިހަކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން ނުވަތަ ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހެއްކަމުގައި ވުމާއި އެކު 03 އަހަރު ދުވަހު މަސްތުން ސާފުވެ ހުރިކަން ޔަޤީން ކުރުމަށްޓަކައި ޓެކްނިކަލް 02 މީހެއްގެ ރެކަމެންޑޭޝަން ސިޓީ ހުށަހެޅުން.

4. އަހުލާގް ރަނގަޅު، ޒިންމާދާރު އަދި ނަމޫނާ މިސާލު (ރޯލް މޮޑެލް) ދެއްކޭ މީހެއް ކަމުގައިވުން.

5. ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

6. ޕޮލިސް ރިޕޯޓް ހުށަހެޅުން.

އިތުރު މަޢުލޫމާތު

މިވަޒީފާއަކީ މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޭނުންވެގެން ފަރުވާ ފުރިހަމަކުރުމަށްފަހު އެފަދަ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ.

މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖަނަވަރީ 2021 ވާ ބުރާސްފަތި  ދުވަހުގެ12:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

24 ޖަނަވަރީ 2021