ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-AB/38/2021/11
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 28 ޖަނަވަރީ 2021 14:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު- އިންޓަރނަލް އޮޑިޓަރ (އެމް.އެސް 3)

 

 
ނަންބަރު:IUL)38-AB/38/2021/11)
އިޢުލާން

މަޤާމް:

އިންޓަރނަލް އޮޑިޓަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ބޭސިކް މުސާރަ:

މަހަކު -/7035 (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000/- (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ 45%

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައިކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

 

1. ފައިނޭންސް/އެކައުންޓިންގ، އޮޑިޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެކައުންޓިންގ/މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/އެޗް.އާރ ދާއިރާއެއްގައި 04 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ފައިނޭންސް/އެކައުންޓިންގ، އޮޑިޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/އެކައުންޓިންގ/މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/އެޗް.އާރ ދާއިރާއެއްގައި 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. ފައިނޭންސް/އެކައުންޓިންގ، އޮޑިޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުން، ނުވަތަ

4. އެމް.އެސް 2 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

5. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

6. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

 

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ އެކިއެކި ސެކްޝަންތަކުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ކުރެވޭ މިންވަރާއި ފެންވަރު ބެލުން.

- އިންތިޚާބާބެހޭ ކަންކަން ކުރެވެމުންދަނީ އެކަމާގުޅޭ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން.

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހޯދޭ ޚިދުމަތާއި ތަކެތި ޕްރޮކިޔު ކުރެވެނީ އެކަން ކުރަން އޮންނަ އުޞޫލުތަކާ އެއްގޮތަށްތޯ ބެލުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ހުށަހަޅަންޖެހޭ ސެޓްފިކެޓް ނެތް ހާލަތުގައި (ކޯސް ފުރިހަމަކޮށް ނަމަވެސް ދަސްވެނިވުން ނުބާއްވާތީ ސެޓްފިކެޓް ނުލިބޭ) ކޯސް ނިންމި ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އެނގޭނޭހެން، އެކޯހަކީ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އަދި އެކްރެޑިޓް ކޯހެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅާފައިވާނަ، އެލިޔުންތަކަށް ބަލައި އެ ސެޓްފިކެޓަކަށް ކަނޑައެޅޭ މާކްސް ދެވޭނެއެވެ.)

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

-  އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ހާޞިލްކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޚަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިންޓަރނަލް އޮޑިޓަރ – އެމް.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

 

ޝޯޓްލިސްޓު ކުރެވޭގޮތް:

- މިގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް އެ މީހަކަށް ދެވޭނެއެވެ.

 

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

11 ޖުމާދަލްއާޚިރާ 1442

 

24 ޖަނަވަރީ 2021