ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2021/7
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 07 ފެބުރުވަރީ 2021 00:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މިރަށު ބޮޑު މިސްކިތް (މަސްޖިދު މޫސާ އަލީ) ގެ ހުޅަނގުގައި ރަތްދަވާދުން 01 ން 04 އަދި 06 ން 14 އަށް ނަންބަރު ޖަހާފައިވާ ގަސްތަކާއި، ބޮޑު މިސްކިތުގެ ދެކުނުގައި ރަތްދަވާދުން 01 އަދި 03 ން 06 އަށް ނަންބަރުޖަހާފައިވާ 02 ނުފޯދޭ ކުޑަ ރުކާއި ފޯދުނު މެދު ރުކަކާއި ގަސްތަކުގެ ވެރިން ހޯދަންބޭނުން ވެއްޖެއެވެ. މި ގަސްތަކުގައި އަދި ރުއްތަކުގައި ނަމެއް ނަންބަރެއް ފެންނާކަށް ނެތެވެ.

ވީމާ މިގަސްތަކާއި ރުއްތަކުގެ ވެރިން ވާނަމަ 07 ފެބްރުއަރީ 2021 ވަނަދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އެންގެވުން އެދެމެވެ.

24 ޖަނަވަރީ 2021