ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/23/2021/12
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 01 ފެބުރުވަރީ 2021 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންގެންދާ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހުން ފެށިގެން 01 ފެބްރުއަރީ 2021  ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 ފެބްރުއަރީ  2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 ފެބްރުއަރީ 2021 ވާ  ހޯމަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                10 ޖުމާދަލް އާހިރު  1442

23 ޖަނަވަރީ 2021