ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2021/3
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 31 ޖަނަވަރީ 2021 13:45
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ބެހޭ

މަޑަވެލި ސަހަރާ ގެ އިރުދެކުނު ފަރާތުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)416-ESMSPR/416/2021/1 (10 ޖަނަވަރީ 2021) އިޢުލާނުގެ މުއްދަތު ހަމަވިއިރު، ކައުންސިލަށް ސިޓީ ހުށަހަޅައިފައިވަނީ އެންމެ ފަރާތަކުން ކަމަށްވަތީ، އިތުރު ފުރުސަތެއް ރައްޔިތުންނަށް ދިނުމުގެ ގޮތުން، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ބެހޭ

 'މަޑަވެލި ސަހަރާ' ގެ އިރުދެކުނު ފަރާތުގައިހުރި ފޯދުނު 13 ރުކާއި، ނޮފޯދޭ 3 ރުއް އަދި ލޫނާ ގޯޅި (ލޭކްސައިޑް) ގެ ހުޅަނގު ފަރާތުގައިހުރި، ފޯދުނު 1 ރުކާއި އަދި 2 ހިރުނދުގަހުގެ ވެރިފަރާތް، ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، 31 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:45 ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރާއެކު، ރުއްގަހުގެ ވެރިފަރާތްކަން ބަޔާންކޮށް، މިކައުންސިލަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

ދެންނެވިފައިވާ މުއްދަތު ހަމަވާއިރު، ރުއްގަހުގެ ވެރިފަރާތް ކަމަށް އެއްވެސް ފަރާތަކުން މަޑަވެލި ކައުންސިލަށް ހުށަހަޅާފައިނުވާ ރުއްގަހަކީ، އެއްވެސް ފަރާތެއްގެ ރުއްގަހެއް ނޫންކަމަށް ބަލައި ރުއްގަސް ނަގައި ނައްތާލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖަނަވަރީ 2021