| 
 1. މިނިސްޓްރީގެ ބަޖެޓް ބާކީ ބެލެހެއްޓުން. 
2. މިނިސްޓްރީގެ ބިޒްއޭރިއާ 1224 ގެ ޕެޓީކޭޝް، ޕެޓީކޭޝް ފޮތް، ތިޖޫރީ، އާމްދަނީ ފޮތާއި އާމްދަނީ ރިޕޯޓްތައް ޗެކްކުރުން. 
3. ބިޒްއޭރިއާ 1224 ގެ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވުން. 
4. މިނިސްޓްރީގެ އަހަރީ ރިޕޯޓާއި ބިޒްއޭރިއާ 1224 ގެ މާލީބަޔާން ތައްޔާރުކޮށް އޮންނަ މުއްދަތަށް ފޮނުވުން. 
5. ފައިނޭންސް ސެކްޝަންގެ އެންޓްރީ ރައުޓް ކުރުމާއި ސްޓޭޓަސް ބެލުން. 
6. މިނިސްޓްރީއިން ފައިސާ ދައްކަން ޖެހޭ ބިލްތަކަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ދެއްކުން. 
7. ޕޭމަންޓް ތަކާއި ގުޅިގެން އަޕްޑޭޓް ކުރަން ޖެހޭ ލިޔެ ކިއުންތައް އަޕްޑޭޓް ކުރުން. 
8. ފައިނޭންސް ސެކްޝަނަށް އަންނަ ވެންޑަރ ބެލެންސް ކޮންފަރމޭޝަން އަދި ވެންޑަރއިންގް ސިޓީ އަދި ފޯންކޯލްތަކަށް ޖަވާބު ދިނުން. 
9. މިނިސްޓްރީން ތައްޔާރުކުރަންޖެހޭ އަހަރީ މާލީ ބަޔާނާއި ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އެންމެހައި ފޯމެޓްތައް ފުރިހަމަ ކުރުމާއި، ޕެންޑިން ބިލް ލިސްޓް އަޕްޑޭޓް ކުރުން. 
10. ސެކްޝަންގެ މީޓިންތަކުގައި ޤަވާޢިދުން ބައިވެރިވުން. 
11. މިނިސްޓްރީގެ ޕެޓީކޭޝް އާއި ޕީވީއިން ނެގޭ ކޭޝް ބެލެހެއްޓުން. 
12. ތިޖޫރީ ބެލެހެއްޓުމާއި މިނިސްޓްރީގެ ބިޒްއޭރިއާ 1224 ގެ އާމްދަނީ ބަލައިގަތުން. 
13. މި މިސްޓްރީގެ ފަރާތުން ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ކަންތައްތައް ހަމަޖެއްސުމާއި ދަތުރު ނިންމުމަށް ފަހު ދަތުރު ރިޕޯޓްތައް ހޯދާ ފައިލް ކުރުން. 
14. މިނިސްޓްރީގެ ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތް ތަކުގެ ރެކޯޑްސް ބަލަހައްޓާ، ލިބެން ޖެހޭ ފައިސާ ހޯދުން. 
15. ބިޒްނަސްއޭރިޔާ 1224 އިން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމުގައާއި މާލީބަޔާން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން. 
16. ލިބޭ ހުރިހާ ފޯމްސެޓްތައް ސްކޭންކޮށް ވަކި އޯޑަރެއްގެ މަތިން ރެކޯޑްކޮށް ބެލަހައްޓައި އަދި މި ފޯމްސެޓް ތަކަށް ބިލްލިބުނުތޯ ޗެކުކުރުން. 
17. ސެކްޝަނަށް ލިބޭ ހުރިހާ ބިލްތަކުގެ ސްކޭން ކޮޕީ އާއިއެކު ހުރިހާ ރެކޯޑެއް ބަލަހެއްޓުން. 
18. ބިލްތަކުގެ ސްޓޭޓަސް ބަލަން ގުޅާ މީހުނާއި މިނިސްޓްރީއަށް ވަޑައިގަންނަވާ މީހުންނަށް ޖަވާބުދާރީވެ އަދި އެ ބޭފުޅުންގެ ސްޓޭޓްމެންޓްތައް އަޕްޑޭޓްކޮށް ލިޔުމުން ފޮނުވުން. 
 |