ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)311/311/2021/5
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 21:04
ސުންގަޑި: 27 ޖަނަވަރީ 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި އެވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  • 1480 ބަސްތާ ގެރިގުއި (25 ކިލޯގެ)
  • 215 ޕެކެޓް އެން.ޕީ.ކޭ 20:20:20  (2 ކިލޯގެ)
  • 330 ޕެކެޓް ބާސް (ނަމްބަރ 8)
  • 230 ޕެކެޓް ޔޫރިޔާ (1 ކިލޯގެ)
  • 796 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
  • 297 ކިލޯ ޕޮޓޭސިއަމް
  • 100 ފުޅި އެބަމެކްޓިން (100 އެމް އެލް)

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 01 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

21 ޖަނަވަރީ 2021