ދިވެހިރާއްޖެ
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ލީގަލް ސަރވިސް | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، ފެސިލިޓޭޝަން | |
---|---|
ބޭނުންވާ އަދަދު :1 | |
ވަޒީފާގެ ފުރުޞަތު |
މި އޮތޯރިޓީއަށް ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، SO1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް: |
ލީގަލް ސަރވިސް ޑިޕާޓްމަންޓް / ލީގަލް ސަރވިސް ޑިވިޜަން / ލީގަލް ސަރވިސް ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާއިން ދަޢުވާކުރާ މައްސަލަތަކުގައާއި އަދި މީރާ އާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި ކޯޓުތަކުގައި މީރާ ތަމްޞީލުކުރުމާއި އޮތޯރިޓީއަށް ބޭނުންވާ އެހެނިހެން ޤާނޫނީ މަސައްކަތް ކުރުން. |
ޝަރުޠު: ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން |
|
މަގާމު: |
އެސިސްޓަންޓް ޓެކްސް އޮފިސަރ، ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (އޮފިސަރ، AO1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް: |
ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / ޕްލޭނިންގ ޑިވިޜަން / ޕޮލިސީ، ޕްލޭނިންގ އެންޑްސްޓެޓިސްޓިކްސްސެކްޝަން |
އަސާސީ މުސާރަ: |
މަހަކު -/4,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/50 ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކުހާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މީރާގެ އާމްދަނީގެ ތަފާސް ހިސާބު ދިރާސާކޮށް ބެލެހެއްޓުން |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
|
މަގާމު: |
އެސިސްޓަންޓް ޓެކްސް އޮފިސަރ، ފެސިލިޓޭޝަން (އޮފިސަރ، AO1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް: |
ޓެކްނިކަލް އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ފެސިލިޓޭޝަން އެންޑް އެންގޭޖްމަންޓް ޑިވިޜަން / ފެސިލިޓޭޝަން ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު -/4,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/50 ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމާއި، ފޯކަސްޑް ގްރޫޕް އިންފޮމޭޝަން ސެޝަންތައް ރާވައި ހިންގުމާއި، ވަން-ޓު-ވަން ޓެކްސް ކޮންސަލްޓޭޝަން ފޯރުކޮށްދިނުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ނުވަތަ އިތުރަށް މައުލޫމާތު ބޭނުންވާ ދާއިރާތައް ދެނެގަތުން |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
އެހެނިހެން ޝަރުތުތައް
- ސުލޫކީ މައްސަލައަކާހުރެ އެއްވެސް ކޯޓެއްގައި ވަކާލާތުކުރުން މަނާކުރެވިފައިވާ މީހެއް ކަމުގައި ނުވުން.
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ވެފައިވާކަން އެނގޭނެ ލިޔުމެއް
- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދާ މީހެއްކަން އެނގޭނެ ލިޔުމެއް
- މިހާރު ވަޒީފާއެއްގައި އުޅޭނަމަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- މީގެ ކުރިން ވަޒީފާއެއްގައި އުޅެފައިވާ މީހެއްނަމަ އެ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)
ނޯޓް:
- މަތީގައިވާ މަގާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 7 ފެބުރުވަރީ ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
08 ޖުމާދަލްއާޚިރާ 1442