ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ މަސްޖިދުލް ހުދާގެ ވުޟޫކުރާ އިސްކުރުބަރީގެ ތަށިމުށި ބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ ބީލަމުގައި ރަޖިސްޓްރީވެ، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ -/200ރ (ދުވިސައްތަ ރުފިޔާ / - ) އެވެ.
| # | ތަފްޞީލް | ތަން | ތާރީޚް | ގަޑި | 
| 1 | ބީލަމަށް ރަޖިސްޓްރީ ކުރުން | ލ. ކަލައިދޫ ކައުންސިލް އިދާރާ | 25 ޖަނަވަރީ 2021 އިން 28 ޖަނަވަރީ 2021 އަށް | 9:00– 12:00 | 
| 2 | ޕްރީ ބިޑް މީޓިންގ | ލ. ކަލައިދޫ ކައުންސިލް އިދާރާ | 01 ފެބްރުއަރީ 2021 (ހޯމަ) | 13:00 | 
| 3 | ބީލަން ހުށަހެޅުން | ލ. ކަލައިދޫ ކައުންސިލް އިދާރާ | 07 ފެބްރުއަރީ 2021 (އާދީއްތަ) | 13:00 | 
ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަދި މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.