މަސައްކަތް
ނަންބަރު: GS19-C/IUL/2021/004
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި:
02 ފެބުރުވަރީ 2021 11:00
ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢްލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ދެވަނަ އިޢުލާން)
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު GS19-C/IUL/2021/001 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ދެވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 21 އިން 2021 ޖަނަވަރީ 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ނުވަތަ މެއިލްމެދުވެރިކޮށް މުޢާމަލާތުކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަދަރުސާގެ މީޓިންގ ރޫމުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ފެބުރުއަރީ 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މަދަރުސާގެ މީޓިންގ ރޫމުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ފޯނު ނަމްބަރ އަދި މެއިލް އެޑްރެސް ތިރީގައި މި ވަނީއެވެ.
ފޯން: 6500048 / 6500294/ 6500296/ 6522293
އީ-މެއިލް: [email protected]
08 ޖުމާދަލް އާޚިރާ 1442
21 ޖަނަވަރީ 2021
21 ޖަނަވަރީ 2021