މަސައްކަތް
ނަންބަރު: GS79/IULAAN/2021/05
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 27 ޖަނަވަރީ 2021 12:30
އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
އިހަވަންދޫ ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމު މަސައްކަތް

ނަމްބަރ: GS79/IULAAN/2021/05

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމު މަސައްކަތަށް ކުރެވުނު އިއުލާން ނަންބަރު GS79/IULAAN/2021/02 އަށް ހުށަހަޅާފައިވާ ބީލަންތައް ޝަރުޠު ހަމަނުވާތީ އެ އިޢުލާން ބާޠިލްކޮށް މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް 2 ވަނަ ފަހަރަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 20 އިން 2021 ޖަނަވަރީ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. ބީލަން ހުށަހެޅުމަށާއި ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 5. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5,000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

 6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: [email protected]

‏7‏ ޖުމާދަލްއާޚިރާ‏ 1442

20 ޖަނަވަރީ 2021