ވަޒީފާގެ ފުރުޞަތު
ނަންބަރު: 276-A/2021/18
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 28 ޖަނަވަރީ 2021 12:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021ވަނައަހަރު އިޖްތިމާޢީސަރަހައްދުތައްސާފްކުރުމަށް މުވައްޒަފުން ހޯދުން

2021ވަނައަހަރު އިޖްތިމާޢީ ސަރަހައްދުތައްސާފްކުރުމަށް މުވައްޒަފުން ހޯދުން

2021ވަނައަހަރު ށ.ބިލެތްފަހީގެ އިޖްތިމާޢީސަރަހައްދު ތައް ސާފްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ .  

މަޤާމު

މަސައްކަތު  

ކުރަންޖެހޭ މަސައްކަތް

އިޖްތިމާޢީސަރަހައްދުތަކުގެ ގޮތުގައި ބިލެތްފަހީކައުންސިލުން ކަނޑައަޅާ ތަންތަންސާފްކޮށް ބެލެހެއްޓުން

މަޤާމުގެ ގިންތި އާއި މުއްދަތު

ވޭޖް އިންޕްލޯއިމަންޓް  ) ފެބްރުއަރީ 2021 ން ، 31 ޑިސެމްބަރ 2021 އަށް )

ޝަރުތު

1- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ދިވެހިބަހުން ރަނގަޅައް ލިޔަންކިޔަންއެނގުން .

2- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަސައްކަތްކުރެވޭ ފަދަ ޝިއްޚަތެއްގައި ހުރިމީހަކު ކަމުގައިވުން .

3- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

4- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުލެވޭނެމީހެއްކަމުގައިވުން .

 

މަސައްކަތުގެ އުޖޫރަ

މުސާރަ : 1200.00ރ ( އެއްހާސް ދުވިސައްތަ ރުފިޔާ )

ސާރވިސް އެލަވަންސް : 800.00ރ ( އަށްސަތޭކަ ރުފިޔާ )

ހާޟިރީ އެލަވަންސް : 1000.00 ރ ( އެއްހާސް ރުފިޔާ )

 

ބޭނުންވާ ޢަދަދު

9 ( ނުވައެއް )

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-  ރަސްމީ ދުވަސްތަކުގައި  ހެދުނު  11:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން

2- މަގުތަކާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރު ސަރަޙައްދު ހަމަޖައްސާފައިވާ އުސޫލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

3- މަގުތަކާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރު ސަރަޙައްދު ކައިރިމަތީގައިވާ ގަސްތައް ވާވިޔަނުދީ ކޮށާ ބެލެހެއްޓުން

4- އިޖްތިމާއީގޮތުން ކައުންސިލުން އަންގާ ކަންތައްތައް ކުރުން

5- ކައުންސިލްގެ އިދާރާއިން ރާވާ ހިންގާ ކަންކަމުގައި ބައިވެރިވުން

6- ކައުންސިލުން ސާފްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި ޤަވާއިދާއި ޤާނޫނާއި ހިލާފް ކަމެއްހިގަމުންދާނަމަ ލަސްނުކޮށް ކައުންސިލަށް އެކަންއެންގުން .

7- މަގުތަކުގެ ކައިރިކޮށާ ސާފްކޮށް ބެލެހެއްޓުން

8- އިޖްތިމާޢީސަރަހައްދުތަކުން ކުނިކަހާފައި ނަގާކުނި ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތަށް ނައްތާލުން .

9- ވަކިމުނާސަބަތަކާއި ގުޅިގެން ވަގުތުންސާފްކޮށްލަންޖެހޭކަމަށް ކައުންސިލުން އަނަގަވާފިހިދެއްގައި އެތަނެއްސާފްކުރުން .

10- ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި ، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.

11- ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

12 - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި      ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

 

 

          

ހުށައަޅަންޖެހޭ ލިޔުންތައް

1 . ފުރިހަމަ ކުރައްވާފައިވާ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2 . ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

3 . ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް

 ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން.  

5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ ، ރާއްޖެއިންބޭރުގެ މަތީތައުލީމްދޭ މަރުކަޒަކުންދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ، ޓްރާންސްކްރިޕްގެ ކޮޕީ ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތަކުގައި ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިޔު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްގެ ކޮޕީ

(ށ) މަތީތައުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީސެޓްފިކެޓްތަކުގެ ކޮޕީއާއި ، ޓްރާންސް ކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސް ކްރިޕްގެ ކޮޕީ

6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުވައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ، ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ، ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އެ އިދާރާއެއްގައި އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ، ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ ، އަދި މަސައްކަތްކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އުވާލެވިފައިވާ ދައުލަތުގެ ނުވަތަ އަމިއްލަ އޮފީހެއްކަމުގައިވިޔަސް އިސްވެދެންނެވުނު ފަދައިން ދޫކޮށފައިވާ ލިޔުން،

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން

2-      މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން

3-      މަސައްކަތުގެ ހުނަރާއި ޤާބިލުކަން/ އިންޓަވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  28 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައްހުށަހަޅާފައި ނުވާނަމަ ނުވަތަ ދޮގު މައުލޫމާތު ހިމަނާފައިވާ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ. ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް އިތުރުކޮށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ .

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 ޖެނުއަރީ 2021 އާއި 03 ފެބްރުއަރީ    2021 އާއި ދެމެދު  މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.  ވުމާއެކު،  މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި އީމެއިލް އިން އެޕްލިކޭޝަން ފޮނުވާނަމަ އެޕްލިކޭޝަން އޮފީހަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .

  

ސޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ސޯޓްލިސްޓްކުރެވޭނެއެވެ .

ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (  ( A2 ފޯމު އާއްމުކޮށްފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯރޑް ގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމުކުރެވުނުދުވަނުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް

ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

 

 

 

20 ޖަނަވަރީ 2021