މަސައްކަތް
ނަންބަރު: (IUL)345-CAA/345/2021/20
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 25 ޖަނަވަރީ 2021 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު މާފާތު ބަގީޗާގައި ފާޚާނާ އަކާއި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދުން

                                                        ނަންބަރު:IUL)345-CAA/345/2021/20)

އިޢުލާން

  • އަންދާސީ ހިސާބު ބޭނުންވެއްޖެ :

 އއ.މާޅޮހު މާފާތު ބަގީޗާގައި ފާޚާނާ އަކާއި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އއ.މާޅޮހު މާފާތު ބަގީޗާގައި ފާޚާނާ އަކާއި، ގުދަނެއް ހެދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލަށް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 25 ޖަނަވަރީ 2020 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

 ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 28 ޖަނަވަރީ  2020 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

20 ޖަނަވަރީ 2021