ކުއްޔަށް ދިނުން
ނަންބަރު: (IUL)394/394/2021/6
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 31 ޖަނަވަރީ 2021 10:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކުރެދިފުށި ކުއްޔަށް ދިނުން

                      ތ. ކުރެދިފުށި 6 މަސް ދުވަހަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

                      ކަމާއިގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހު 10:00 ގައި މި އިދާރާގައެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްއެދި 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހު 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރާއި ކުއްޔަށް ދޫކުރާ ރަށުގެ ނަން ލިޔުއްވަން ވާނެއެވެ.

                      ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ކުއްޔަށްހިފަން ބޭނުންވާ އަގު ބަޔާންކޮށް 31 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހު 10:00 އަށް މިއިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުން އެދެމެވެ.

                      ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ސިޓީތަކާއި މަޢުލޫމާތުފުރިހަމަނުވާ ސިޓީ ބާޠިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ކޮޅުމަޑުލު އޮމަދޫ ކައުންސިލަށް ލިބިގެން ވެއެވެ.

                       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2021