މަސައްކަތް
ނަންބަރު: WAMCO-PRO/IUL/2021/003
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 27 ޖަނަވަރީ 2021 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއަށް ރިޓެއިނަރ އުސޫލުން ޤާނޫނީ ޙިދްމަތްދޭން ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2021/003

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއަށް ރިޓެއިނަރ އުސޫލުން ޤާނޫނީ ޙިދްމަތްދޭން ފަރާތެއް ހޯދުމާއި ބެހޭ

މި ކޯޕަރޭޝަންއަށް ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުމާއި، ތަރުޖަމާކުރުންފަދަ މަސައްކަތްތައް ކުރުމަށް ލީގަލް ރިޓެއިނަރއެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލެ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ  އޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ތާރީޙު

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

21 ޖަނަވަރީ 2021 (ބުރާސްފަތި)

11:00

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

އަންދާސީ ހިސާބު ހުށަހެޅުން

27 ޖަނަވަރީ 2021 (ބުދަ)

11:00

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ކަރުދާސް  މައުލޫމާތު ސާފުކުރުމަށް ވަޑައިގެން ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804   ފެކްސް ނަންބަރު:  3000584 

[email protected]

19 ޖަނަވަރީ 2021

19 ޖަނަވަރީ 2021