މަސައްކަތް
ނަންބަރު: (IUL)359-CA/PRIV/2021/1
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 28 ޖަނަވަރީ 2021 11:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްސޯސްކުރުން

            ފެލިދޫ ކުނިކޮށި ބެލެހެއްޓުމާއި، ޢިޖްތިމާޢީ ސަރަޙައްދުތަކާއި މީހުންނޫޅޭ ސަރަޙައްދުގެ މަގުތައްފަދަ ތަންތަން ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގައި މުޅި ޕްރޮޖެކްޓްގެ ޖުމްލަ އަގު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

            އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ވ.ފެލިދޫ ކުނިކޮށި ބެލެހެއްޓުމާއި، އިޖްތިމާޢީ ސަރަޙައްދު ކުނިކެހުން" މިހެން ލިޔުއްވުން އެދެމެވެ.

އަންދާސީ ހިސާބް ހުޅުވުން:

ތާރީޚާއި ގަޑި: 28/1/2021،  11:00 (ހެނދުނު)

ތަން: ފެލިދޫ ކައުންސިލް އިދާރާގެ ބައްދަލުކުރާ ކޮޓަރި

ބިޑްތައް އިވިލުއޭޓްކުރުން:

  1. މަސައްކަތު ތަޖުރިބާ: މަސައްކަތާއިގުޅޭ މަސައްކަތެއް ކޮށްފައިވާ ތަޖުރިބާ ލިޔުން ހުށަހަޅާފައިވާނަމަ ލިބޭނީ އެވެ.
  2. މަސައްކަތުގެ އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ %95އެވެ.

            މިކަމާއިބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރުގެ ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ 6700720 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

19 ޖަނަވަރީ 2021