ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ:
މި އެޖެންސީގެ ބޭނުމަށް މާލެ ނުވަތަ ހުޅުމާލެއިން 4000 އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެއް 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
27 ޖަނަވަރީ 2021 |
ބުދަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
01 ފެބްރުއަރީ 2021 |
ހޯމަ |
11:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]
19 ޖަނަވަރީ 2021
06 ޖުމާދުލްއާޚިރާ 1442