ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2021/4
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 27 ޖަނަވަރީ 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

       ނަންބަރު :4(IUL)202-M/1/2021/ 

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް  2021 ޖަނަވަރީ 24 އިން 27 ޖަނަވަރީ 2021 އަށް  ކޮންމެ ދުވަހަކު 17:00 އިން 18:00 އަށް ޅ.މާފިލާފުށި، ޅ.މާކޯ،ޅ.މެދުފުށި އަދި ޅ،މީދާހުރާ ގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. ވީމާ މި ތަމްރީނުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :              މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:        300 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        300 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:        ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:          ޅ.މާފިލާފުށި،މާކޯ،މެދުފުށި އަދި މީދާ ހުރާ ދިމާ މަތި

 

            ވީމާ، ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. 

 

                  05 ޖުމާދަލްއާޙިރާ 1442

                  18 ޖަނަވަރީ    2021   

 

 

19 ޖަނަވަރީ 2021