ދިވެހިރާއްޖެ
އިޢުލާން
ބިޒްނަސް ވީޒާ އަދި ސެޕްޝަލް ވީޒާ ގެ ދަށުން ރާއްޖެ އެތެރެވަފައިވާ ބިދޭސީނަށް އެމްޕްލޯއިމްޓް އެޕްރޫވަލް ދޫކުރުމާއި ގުޅޭ
މޯލްޑިވްސް އިމިގްރޭޝަންގެ ނަންބަރު (IUL) 94-V/1/2020/ 44 (17 ޑިސެމްބަރ 2020) އިއުލާނާއި ހަވާލާދީ ދަންނަވަމަވެ.
ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރ ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެމްބަރ 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވަފިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބޭނުންވާ ފަރާތްތަކަށް، 30 ޖޫން 2021 ގެ ނިޔަލަށް، އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރުމަށް މި މިނިސްޓްރީއިން ނިންމާފައިވާކަމުގައި ދެންނެވީމެވެ.
މި ފާރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވޭނީ، އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތަކުގެ އިތުރުން، ތިރީގައި މި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް އެކްޕެސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދި އެޕްލިކޭޝަން ހުށަހަޅުމުންނެވެ.
1. 1 ޑިސެމްބަރ 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާންކުރާ ސިޓީ، އެޕްލިކޭޝަންއާއި އެކު ހުށަހެޅުން.
2. 15 ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ބިޒްނަސް/ސްޕެޝަލް ވީޒާއެއް އޮތްކަން އެނގޭނެ، އެ ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވިސާގެ މައުލޫމާތު.
3. އެޕްލިކޭޝަން ހުށަހެޅުމުގައި އެ ފަރާތްތަކީ ރާއްޖޭގައި މިވަގުތު ހުރި ފަރާތެއްކަން ބަޔާންކުރުމަށް، "ކަރަންޓްލީ އިން މޯލްޑިވްސް އަންޑަރ ސްޕެޝަލް ވިޒާ/ބިޒްނަސް ވިޒާ" ސެލެކްޓްކުރުން.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
18 ޖަނަވަރީ 2021