ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
ނަންބަރު: IUL)313-MI/313/2021/3)
އިޢުލާން
ނަރުދަމާ ނިޒާމުގެ ހިދުމަތް 05 ގެއަށް ގުޅާދިނުމާއި ނޫރާނީމަގު އިރުމަތިކޮޅުން އަލަށް އާބާދުވާ ސަރަހައްދަށް 218 ފޫޓްގެ ހޮޅިލައިނެއް އަޅާ މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ މައިލައިނަށް ގުޅައިދިނުމާއިބެހޭ
ކުޑަރިކިލުގައި ގާއިމްކޮށް ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ ހިދުމަތް 05 ގެއަށް ގުޅާދިނުމާއި ނޫރާނީމަގު އިރުމަތިކޮޅުން އަލަށް އާބާދުވާ ސަރަހައްދަށް 218 ފޫޓްގެ ހޮޅިލައިނެއް އަޅާ މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ މައިލައިނަށް ގުޅާދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޖަނަވަރީ 24 ވާ އާދިއްތަ ދުވަހުގެ 00:10 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖަނަވަރީ 27 ވާ ބުދަދުވަހުގެ 00:10 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެ ކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖުމާދަލް އާޚިރާ 1442ހ.
18 ޖަނަވަރީ 2021 މ.