ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ރައްޔިތުންގެ ދުރުރާސްތާ3 މަސްދޯނީގެ ހުންގާނުޖެކް ބަދަލްކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384-A/2021/03 ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކޮށްފައި ނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖަނަވަރީ 2021ވާ އާދިއްތަ ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 26 ޖަނަވަރީ 2021ވާ އަންގާރަ ދުވަހުގެ 10:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.