ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/6
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:40
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ޓްރެއިނިންއާ ގުޅޭ

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވާ ކުރިމަގު އުޖާލާކުރުމުގެ މަޤްޞަދުގައި ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން 20 ޖެނުއަރީ 2021 އިން 27 ޖެނުއަރީ 2021 އަށް ފޮޓޯގްރަފީ އުނގަންނައިދިނުމުގެ ޕްރޮގްރާމެއް މިކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ 18 - 35 އަހަރު ދެމެދުގެ ޒުވާނުން މިކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް (https://forms.gle/utkzVd9RRTG65wW59) މެދުވެރިކޮށް ރެޖިސްޓަރ ވުމަށް ދަންނަވަމަވެ. ބައިވެރިންނަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީވެލައްވާ 15 ޒުވާނުންނަށް އިސްކަންދޭ އުޞޫލުންނެވެ. 

18 ޖަނަވަރީ 2021