ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ.ކުޅުދުއްފުށި ކެމްޕަހުގެ ގޯތިތެރޭގައިވާ ބިންގަނޑު ތިރި ސަރަހައްދުތަކަށް ވެލި އެޅުމަށްޓަކައި 29000 ކޮޑިފޫޓު ވެލި ގަތުމަށް ބޭނުންވެއެވެ. މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
ތަފްސީލު |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
24 ޖަނަވަރީ 2021 |
09:00 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
އަންދާސީ ހިސާބު ހުށައެޅުން |
31 ޖަނަވަރީ 2021 |
09:00 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.