ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2021/2
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 25 ޖަނަވަރީ 2021 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

          މިއިދާރާގެ  މުނިސިޕަލް ކޮންޓެކްޓް މަސައްކަތު ވަޒީފާއަށް މުއައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:           ކޮންޓްރެކްޓް މަސައްކަތު 

ބޭނުންވާ ޢަދަދު:      7   

މުސާރަ:           މަހަކު -/5000 ރުފިޔާ

މީގެ އިތުރުން އިތުރުގަޑީ މަސައްކަތް ކުރާނަމަ ކައުންސިލުން ހަމަޖައްސާ އުޞޫލަކުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: (ހ) ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 7 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

                (ށ) އަސާސީ ފެންވަރަށް ލިއަންކިޔަން އެގުން

                (ނ) މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވެ އުޅެވޭނެ މީހެއްކަމުގައިވުން

މުއްދަތު:           1 އަހަރު ދުވަހުގެ މުއްދަތަށް

ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތަފްޞީލް: މޫދުން ކުނި ނެގުމާއި، ކުނިކޮއްޓަށް ގެންދަންޖެހޭކުނި ގެންދިއުމާއި ގޭގޭގައި އުފެދޭ ކުނި ހަމަޖެހިފައިވާ އުޞޫލުން އުކާލަދިނުމާއި ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމާއި، ކުނިވަކިކުރުމުގެ ގޮތުން ކުރަންޖެހޭކަންތަކާއި، ހިނަވާގެ އާއި ޤަބުރުސްތާނު އަދި ޖެޓީ ބެލެހެއްޓުމާއި އެސަރަޙައްދު ސާފުކުރުން ފަދަ ކަންކަން. މީގެ އިތުރުން ކައުންސިލުންދޭ މުނިސިޕަލް ޚިދުމަތްތަކާގުޅޭ މަސައްކަތް ކުރުން.

           ވީމާ، މިކޮންޓްރެކްޓް ވަޒީފާތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން އައި ޑީ ކާޑުގެ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

           މިމަސައްކަތު ކޮންޓެކްޓް ވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކުން އެންމެފަހުން ވަޒީފާ އަދާކުރި ތަނުންދޭ އޭނާގެ ޙާޟިރީ އާއި ރެކޯޑް ހުށަހަޅަންވާނެ އެވެ. މަސައްކަތު ކޮންޓެކްޓް ވަޒީފާ ދިނުމުގައި މިދެންނެވި ލިއުން ރަގަޅު ފަރާތަކަށް އިސްކަން ދެވޭނެވާހަކަ ދެންނެވީމެވެ.         

17 ޖަނަވަރީ 2021