ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް މާލެއިން ގުދަނެއް ކުއްޔަށް ހިފުމަށް 2020 ޑިސެމްބަރ 08 ވަނަ ދުވަހު ކުރި އިޢުލާން ނަންބަރު AGR/FD/2020/04 އާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 24 ވަނަ ދުވަހު ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޖަނަވަރީ 28 ވަނަ ދުވަހު ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ހ. އޯކިޑް 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު، އަށެވެ.