މަސައްކަތް
ނަންބަރު: 134-AD/I/2021/04
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 24 ޖަނަވަރީ 2021 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯ ހެޑް އޮފީސް ފޮޅާ ސާފު ކުށްދޭނެ ފަރާތެއް ހޯދުން.

       No: 134-AD/I/2021/04

 

އިޢުލާން

 

މިފްކޯ ހެޑް އޮފީސް ފޮޅާ ސާފު ކުށްދޭނެ ފަރާތެއް ހޯދުން.

މިފްކޯގެ ހެޑްއޮފީސް ގޯތިތެރޭގައި ހިމެނޭ އޮފީސް ސްޓާފުން މަސައްކަތްކުރާ ސަރަހައްދު ކަމަށްވާ އިމާރާތް، 1 އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 24 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 2021 ޖަނަވަރީ 24 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ޖަނަވަރީ  28 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.

               މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް (މިފްކޯ)

              389 ނަންބަރު ކޮށި / މާފަންނު

              ހިލާލީ މަގު / މާލެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3323932

ފެކްސް:  3323955

އީމެއިލް: [email protected]

17 ޖަނަވަރީ 2021