ނޫސްބަޔާން
ނަންބަރު: (PR)203-AS/PRIV/2021/2
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 24 ޖަނަވަރީ 2021 00:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
Manta entanglement press release

އެނގިވަޑައިގަންނަވާނެފަދައިން، ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް 16 ޖޫން 2014 ގައި ވަނީ ހިމާޔަތްކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަންބަރު: (IUL)438-ECAS/438/2014/8 އިއުލާނުން ވަނީ އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ. މިގޮތުން ރާއްޖެއިން ފެންނަ އެންމަޑިގެ ދެބާވަތަކީ (އިންޓަރ ނޭޝެނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާ) އައި.ޔޫ.ސީ.އެން ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތަކެވެ.

މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން މިއެޖެންސީއަށް ފާހަގަކުރެވިފައިވެއެވެ. ވީމާ، އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އިލްތިމާސްކުރަމެވެ. އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްްތިޞޯދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ.

                           04 ޖުމާދަލްއާހިރާ 1441

                             17 ޖަނަވަރީ 2020

17 ޖަނަވަރީ 2021