ދިވެހިރާއްޖެ
ދަނގެތީ ސްކޫލް
އ.ދ. ދަނގެތި/ދިވެހިރާއްޖެ
ނަމްބަރ:GS158/IUL/2021/08
ބީލަން ހުށަހެޅުމުގެ ދަޢުވަތު (3 ވަނަ އިޢުލާން)
މިސްކޫލްގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު އިޢުލާނާއި
(ނަމްބަރ:GS158/IUL/2021/02)
ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީވެ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
1.މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2-މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޖެނުއަރީ17 އިން 2021ޖެނުއަރީ20 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން, ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3-މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖެނުއަރީ20ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4-މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2021ޖެނުއަރީ20 ވާ ބުދަ ދުވަހުގެ 11:00 ގައިމިސްކޫލްގައެވެ.
5-ބީލަންހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021ޖެނުއަރީ25 ވާ ހޯމަ ދުވަހުގެ 11:30 ގައި މިސްކޫލްގައެވެ.
6-މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.( ނޯޓް: ބީލަމުގެ އަގު 500,000/-ރ. އަށް ބޮޑުވާނެކަމަށް ލަފާކުރެވޭނަމަ ހިމެނުމަށް އަދި މިކަން ބީލަން ގޮތުގައިވެސް ހިމެނުމަށް)
7-މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8-އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6680803
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
04 ޖުމާދަލް އާޚިރު 1442
17 ޖެނުއަރީ 2021