މަސައްކަތް
ނަންބަރު: (IUL)AEH/1/2021/14
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 22:09
ސުންގަޑި: 25 ޖަނަވަރީ 2021 13:30
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސެކިއުރިޓީ ދެމަސްދުވަހުގެ މުއްދަތަކަށް ބަލަހައްޓިއިދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސެކިއުރިޓީ 02 (ދޭއް) މަސްދުވަހުގެ މުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖެނުއަރީ 2021 އާއި 25 ޖެނުއަރީ 2021 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 26 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓްގެ ކޮޕީއެއް ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 25 ޖެނުއަރީ 2021 ވަނަ ދުވަހުގެ 13:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.   

16 ޖަނަވަރީ 2021