ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީ
ކ. މާފުށި، ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ:WDC/IUL/2021/04
މިކޮމެޓީގެ އަންހެނުންގެ މަރުކަޒު ޢިމާރާތް ކުއްޔަށްދިނުމާއި ގުޅޭ.
މިކޮމެޓީގެ އަންހެނުންގެ މަރުކަޒު ޢިމާރާތް ،2021 ފެބްރުއަރީ 15 އިން ފެށިގެން އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި (ދިރުއުޅުމަށް) 2 (ދެ) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. މިޢިމާރާތް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހު 10:00 ގެކުރިން މާފުށި އަންހެނުންގެ ކޮމެޓީގެ ނަންބަރު 7722187 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރުމަށްފަހު ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 08 ފެބްރުއަރީ 2021 ވާ ހޯމަދުވަހު 10:30އަށް ކޮމެޓީ އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
14 ޖަނަވަރީ 2021 މ.