ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-RE-IUL/2021/2
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 18:04
ސުންގަޑި: 24 ޖަނަވަރީ 2021 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުން

ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޝޯޓްލިސްޓް ކުރުމާއި، މަޤާމަށް މީހަކު ހޮވުމާއި ޢައްޔަނު ކުރުމުގެ ކްރައިޓީރިއާ މި އިޢުލާނާއެކީ ހިމަނާފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުން ނަމަ، ކޮމިޝަނުގެ ފޯނު ނަންބަރު 3307313 އާ ގުޅުން އެދެމެވެ.

 

މަޤާމުގެ އަސާސީ ޝަރުޠު

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މުސާރައާއި އިނާޔަތްތައް

މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ދިވެހި ރުފިޔާއެވެ.

 

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ލިޔުންތައް 24 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (7) އަދި (8) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ އެއްވެސް އައު އެޕްލިކޭޝަނެއް ބަލައިނުގަނެވޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

1. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/14759 ޑައުންލޯޑު ކުރެވޭނެއެވެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

3. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް ނަމަ، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހޮވިއްޖެ ނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު (މި އިޤްރާރު އިޢުލާނާއެކު ހިމެނިފައިވާނެއެވެ.)

6. ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ މިނިސްޓްރީގައި، އެ މަޤާމަށް ކުރިމަތިލާ ފަރާތުގެ މަންމަ، ބައްޕަ، ދަރިއެއް، އަނތްބެއް، ފިރިއަކު، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް ނެތްކަން އަންގައިދޭ ލިޔުން. ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު އެ ކުރިމަތިލާ އޮފީހުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެ ނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާކަމުގެ ލިޔުން.

7. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ، ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)

މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

8. ހިންގުމުގެ ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތައް (މީގެ ތެރޭގައި އިދާރާއިން ދޫކުރާ ތަޖުރިބާގެ ލިޔުންތަކާއި، އުވާލައިފައިވާ އޮފީހެއް / ތަނެއް ނަމަ ރެފަރެންސް ޗެކް ފޯމާއި، ވަގުތީ ގޮތުން ހިންގުމާ ޙަވާލުވެ ހުންނަ މުއްދަތުތައް އަންގައިދޭ ލިޔުންތައް ހިމެނެއެވެ. އަދި ތަޖުރިބާގެ ލިޔުމެއް އިދާރާއަކުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއް ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2020 ގެ ޖަދުވަލު 6 ގައި ހިމަނާފައިވާނެއެވެ.)

(ހ)

ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތުތައް (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) އަދި މަސްއޫލިއްޔަތު (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)

އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)

ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ޖަމްޢިއްޔާ / ޖަމާޢަތަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި އަދާކޮށްފައިވާ ވަޒީފާއަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ތަޖުރިބާގެ ލިޔުމުގައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެ ކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)

އުވާލައިފައިވާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އަމިއްލަ އިދާރާތަކާއި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތުގެ ތަޖުރިބާ ހާމަކޮށްދޭ ލިޔުމެއް އެ އިދާރާއެއް އުވާލައިފައިވުމުގެ ސަބަބުން ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ލިބެންނެތް ނަމަ، ނުވަތަ އެ ފަދަ ތަނަކުން ކުރިން ދޫކޮށްފައިވާ ލިޔުމުގައި ފުރިހަމަވާންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ ނަމަ، ތަޖުރިބާ ހާމަކޮށްދޭ އެ ތަނެއްގެ ލިޔުމުގެ ބަދަލުގައި ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގެ ޖަދުވަލު 7 ގައިވާ "ރެފަރެންސް ޗެކް ފޯމް" ހުށަހެޅިދާނެއެވެ.

 

އިމްތިޙާނުކުރުމާއި، އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން، 31 ޖަނަވަރީ 2021 އިން 11 ފެބުރުވަރީ 2021 އާ ދެމެދު މާލޭގައި އޮންނާނެއެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް ވެސް ދަންނަވަމެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމަށް ޕޮއިންޓު ދެވުނު ގޮތުގެ ޝީޓް" ޢާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި ޝާޢިއު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ، އެ ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ ސިޓީ މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ [email protected] އީ-މެއިލް އަށެވެ.

14 ޖަނަވަރީ 2021