ދެންނެވުން
ނަންބަރު: (IUL)38-CA/38/2021/17
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:26
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކެންޑިޑެސީ ބާޠިލުކުރިކަން އެންގުން

ނަންބަރު: IUL)38-CA/38/2021/17)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ކެންޑިޑެސީ ބާޠިލުކުރިކަން އެންގުން

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުންކުރިމަތިލާފައިވާ ކެންޑިޑޭޓް ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، މި ކޮމިޝަނަށް ސާބިތުވާތީ، ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި 2021 ޖެނުއަރީ 13 ގައި މި ކޮމިޝަނުން ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ވަނީ ބާޠިލު ކޮށްފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2021