ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޕްރޮޖެކްޓްތަކުގެ މަޤާމްތަކަށް، ދުވަހު މުސާރައަށް ޏ. ފުވައްމުލައް ސައިޓުގައި މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
# |
މަޤާމް |
ބޭނުންވާ އަދަދު |
ޝަރުތު |
މުސާރަ (ދުވާލަކު) |
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : |
|
ލޭބަރ |
03 |
|
350 ރ |
ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.
|
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް –30 ދުވަސް
ޑިވިޜަން: ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން
މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި / ޏ. ފުވައްމުލައް ސައިޓުގައި
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 17 ޖަނަވަރީ 2021 ވަނަ ދުވަހުގެ 00:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001149/ 3001127 / 3001120
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
14 ޖަނަވަރީ 2021